ފައްޔާޒުގެ މަސައްކަތަށް ޞާލިޙުގެ ޝުކުރު: "ހުރިހާ ވަގުތެއްގައި ޕާޓީ ހިންގުމުގައި ބުރަކޮށް އުޅުއްވި"

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 9:47

ޕާޓީ ހިންގުމުގައި ހުރިހާ ވަގުތެއްގައި ވެސް ބުރަކޮށް އުޅުއްވި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއިލަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ފައްޔާޒް، އެ މަގާމުން އިސްތިއުފާދެއްވީ، ރޭގައެވެ.

ފައްޔާޒު އިސްތިއުފާދެއްވިކަން އެނގުނީ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ. ޕާޓީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި ނަމަވެސް ފައްޔާޒު އަދިވެސް ހުންނެވީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ.

މައުޟޫޢުތަށް