ބަޖެޓުގައި ދަރަނި ދެއްކޭނެ ގޮތެއް ނެތް، ޚަރަދު ކުޑަނުކޮށް އަނގަޔާއި އަތާ ދިމައެއް ނުވާނެ: އައްބާސް

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 10:18

އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކޭނެ ގޮތެއް ނެތް ކަމަށާއި ޚަރަދުކުޑަނުކޮށް ރައްޔިތުންގެ އަނގަޔާއި އަތާ ދިމައެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ، ބަޖެޓު ދިރާސާކުރާ ކޮމިޓީން އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓު، ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅާފައެވެ. އެ ރިޕޯޓަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، އަންނަ އަހަރު ލޯނު ދެއްކޭނެ މަގެއް ފެންނާކަަށް ނެތް ކަމަށާއި ލޯނު ދެއްކޭނީ ލޯނު ނަގައިގެން ކަމަށެވެ.

2026 ވަނަ އަހަރުގެ ބަޖެޓު ފޮތް: އަންނަ އަހަރުގެ ބަޖެޓުގެ 62 އިންސައްތައަކީ ހިންގުމުގެ ޚަރަދު -- ފޮޓޯ/ މަޖިލިސް

މައުޟޫޢުތަށް