މުސާރައަށް އިތުރުވި މިންވަރު ލިބޭނީ އަންނަ މަސް ނިމިގެން ލިބޭ މުސާރައިގައި: ފިނޭންސް

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 10:23

ޕޭ ހާމަނައިޒްވުމުގެ ސަބަބުން މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި ސަރުކާރު މުވައްޒަފުންނަށް ލިބެން ފަށާނީ އަންނަ މަސް ނިމޭއިރު ލިބޭ މުސާރައިން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޕޭ ހާމަނައިޒްވީ ނަމަވެސް މުސާރަތައް ކުޑަކަމުގެ ޝަކުވާ އެކި ދާއިރާތަކުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭ ޖުޑީޝަރީގެ މުވައްޒަފުން ވެސް ހިމެނެއެވެ.

މި ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް ފިނޭންސް މިނިސްޓްރީން ބުނީ، ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކުރަނީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15ގެ ނިޔަލަށް ކަމަށެވެ.

މައުޟޫޢުތަށް