މިއީ އުފަންވާއިރު މަރުވެފައި އޮންނާނެ ބަޖެޓެއް، ކުރަނީ ހުސް ވައްކަން: ޣަފޫރު
ސަން
24 ނޮވެމްބަރު 2025 | ހޯމަ | 11:39
އަންނަ އަހަރު ބަޖެޓަކީ އުފަންވާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް ކަމަށް ވިދާޅުވެ، ކުރަނީ ހުސް ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ތުހުމަތުކުރައްވައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ، އަންނަ އަހަރު ބަޖެޓުގައި ދަރަންޏަށް ކަނޑައަޅާފައި އޮތް 26 ބިލިއަން ރުފިޔާއަކީ ބޮޑު އަދަދެއް ކަމަށެވެ.
ޣަފޫރު ވަނީ ވަރަށް ފަހުން ބޭންކް އޮފް މޯލްޑިވްސްއިން ސޮއިކުރި 2.7 ބިލިއަން ވައްދާނީ ކޮން ތަނަކަށްތޯ ސުވާލު އުފައްދަވާފައެވެ. އެ ފައިސާއަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި އަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ ފައިސާ ޖަހާފައި ނެތް ކަމަށެވެ.