މުސާރަ މައްސަލައިގައި ޖުޑީޝަރީ މުވައްޒަފުން ކަޅު ހެދުމުގައި އޮފީހުުގައި އިހުތިޖާޖު ކުރަނީ
ސަން
24 ނޮވެމްބަރު 2025 | ހޯމަ | 11:41
ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ ޖުޑީޝަރީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު އިހުތިޖާޖުކުރަން ކަޅު ހެދުމުގައި އޮފީހަށް ހާޒިރުވެއްޖެއެވެ.
ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.
އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.