މިދިޔަ 5 އަހަރު އެމްޑީޕީގައި ހުންނެވި ޒަރީރު ވިދާޅުވީ އެ ސަރުކާރަށް އެއްވެސް ކަމެއް ހައްލުނުވި ކަމަށް
ސަން
24 ނޮވެމްބަރު 2025 | ހޯމަ | 11:03
މީގެ ކުރިން ވެރިކަން ކުރި އެއްވެސް ސަރުކާރަކަށް މި ގައުމުގައި ހުރި އެއްވެސް މައްސަލައަކަށް ހައްލެއް ހޯދައިނުދެވުނު ކަމަށް، މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރާ އެކު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ޒަރީރު ވަނީ މަތިވެރި ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އޭނާ އޭރު ހުންނެވީ އޭރު އޮތް އެމްޑީޕީގެ ސަރުކާރާ އެކުގައެވެ. އެކަމަކު، 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން ކައިރިވެފައި އޮއްވާ، އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން އޭނާ ވަނީ ކުއްލި ގޮތަކަށް ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
އެއަށް ފަހު، އޭނާ ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ދޭތެރެއަކުން ފާޑުވިދާޅުވަމުންނެވެ.