ކޭޕާކް މައްސަލައިގައި އެޗްޑީސީން އެއްބާރުލުން ދިނަސް، ހަންބޯ ކުންފުނިން އެއްބާރުލުން ނުދޭކަމުގެ ތުހުމަތު

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 12:59

ހުޅުމާލޭގައި އިމާރާތްކުރާ ކޭޕާކް ރެޒިޑެންސްގެ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފުރިހަމައަށް އެއްބާރުން ދިނަސް، އެ ފުލެޓުގެ މަސައްކަތް ކުރާ ހަންބޯ ކުންފުނިން އެއްބާރުލުމެއް ނުދޭ ކަމަށް ކޭޕާކް ވިކްޓިމް ގުރޫޕުން މިއަދު ތުހުމަތުކޮށްފިއެވެ.

މީގެ ހަތް އަހަރު ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2016ވަނަ އަހަރު ހަންބޯއާ މަސައްކަތް ހަވާލުކުރިއިރު، އަދިވެސް އެ މަސައްކަތް ނުނިމެއެވެ. އެހެންވެ، އެ ތަންތަން ގަތް މީހުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ.

ކޭޕާކް ވިކްޓިމް ގުރޫޕްގެ ފަރާތުން 'ސަން'އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ގުރޫޕުގެ ފަރާތުން މިދިޔަ ހަފުތާގައި ކޭޕާކް މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ކޭޕާކް ފުލެޓުތަކުގެ އިވެލުއޭޝަނެއް ހަދާނެ ކަމަށް އެޗްޑީސީން ބުނި ކަމަށާއި އެ މައްސަލައިގައި އެޗްޑީސީން އެ ގުރޫޕަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށް އެ މީހާ ބުންޏެވެ.

މައުޟޫޢުތަށް