މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ސަން
24 ނޮވެމްބަރު 2025 | ހޯމަ | 12:25
މިދިޔަ އަަހަރުގެ އޮކްޓޫބަރު ތިނެއްގައި ށ. މިލަންދޫ ފަރަށް އެރި ބޯޓެއް އެންވަޔަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީއާރުއޭއިން ޖޫރިމަނާކުރީ، އެޓޯލް ނެވިގޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓުކަމުގެ ދަށުން ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްފައިވާ "ޝޭވް ލިން ޔޯން" (އައިއެމްއޯ: 9750488) ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ.
އީއާރުއޭއިން ނެރުނު އިއުލާނެއްގައި ވަނީ އެ ބޯޓު މިދިޔަ އަހަރުގެ އޮކްޓޫބަރު 19ގައި ފަރުމަތިން ނަގާފައިވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ އަހަރުގެ ނޮވެންބަރު ހަތަކާއި އަށެއްގައި، ފަރަށް އެރި ސަރަހައްދުގެ ޖޮއިންޓް ސާވޭއެއް ހަދާފައިވާ ކަމަށެވެ. އެ ސާވޭ ހެދީ، އެ ބޯޓުގެ ވެރިފަރާތުން އައްޔަނުކުރި ސާވޭޔަރުންނާ އެކީގައެވެ.