ވިލިމާލޭގައި ހުރި ނިކަ ގަހެއް ނަގަން ވޯޓަށް އެއްސެވުމަށް ފަހު, އެކަން ކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންފި

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 1:03

މާލޭގެ ފަސްވަނަ އަވަށް, ވިލިމާލޭގައި ހުރި ބޮޑު ނިކަ ގަހެއް ނަގަން ފެނޭތޯ ނުވަތަ ނޫންތޯ އެއްސެވުމަށް ފަހު, އެ ގަސް ނަގައި ދެއްވާނެކަމުގެ ވައުދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.

ވަރަށް އަމާން, އަދި ފެހިކަން ގަދަ, ވިލިމާލޭގައި ބޮޑު ދެ ނިކަ ގަސް ހުރެއެވެ. އޭގެ ތެރެއިން އެއް ގަސް ހުންނަނީ ފުލުހުންގެ ސްޓޭޝަން ކައިރިއެވެ. އަނެއް ގަސް ހުންނަނީ އެ ރަށުގެ "ވޯޓާ ސްޕޯޓްސް ބީޗް" ސަރަހައްދުގައެވެ. އޭގެ ތެރެއިން އެ ވޯޓާ ސްޕޯޓްސް ބީޗާ ދިމާލުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން އެ ސަރަހައްދުގެ ގޭގެއަށް ދަތިވާކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.

ވިލިމާލޭ ރައްޔިތުންނާ އެކު ރައީސް ރޭ އެ އަވަށުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި, އިބްރާހީމް ސަމާހް ކިޔާ މީހަކު ބުނީ, އޭނާ ވިލިމާލޭގައި ދިރިއުޅޭތާ 25 އަހަރު ވެއްޖެ ކަމަށާއި އެ ރަށުގައި ހުރި ނިކަ ގަހުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާތީ އެ ކަމަށް ރައީސްގެ ޖަވާބެއް ބޭނުންވާ ކަމަށެވެ. އެކަން ކޮށްދޭނެ ކަމަށް ކުރީ ސަރުކާރުތަކާއި ކައުންސިލްތަކުން ބުނި ނަމަވެސް އެކަން އަދިވެސް އޮތީ ނުވެ ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް