އިލެކްޓްރީޝަން ކޯސް ފުރިހަމަކުރި 116 އަންހެނުންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 3:27

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިލެކްޓްރީޝަން ކޯސް ފުރިހަމަކުރި 116 އަންހެނުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ސްޓެލްކޯއިން ހަތް ބުރަކަށް ބަހާލައިގެން ހިންގި ''ބިގިނާސް އިލެކްޓްރީޝަން ކޯސް ފޯ ވިމެން''، ޖުމުލަ 116 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ. މީގެ ތެރެއިން 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ސާޖިދާއެވެ.

މައުޟޫޢުތަށް