ދެ އާޒިމްގެ އަރާރުމެއް: ދޮގު ހަދާ ވާހަކައާއި އޮޅުވާލާ ވާހަކަ!
ސަން
24 ނޮވެމްބަރު 2025 | ހޯމަ | 4:04
މާލޭން ކުއްޔަށް ދީފައިވާ ބިންތަކާއި ތަންތަނުގެ މައުލޫމާތު ވަރަށް ފަހުން މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާއިރު، އެ ކަމުގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ ދެމެދު އަރައިރުމެއް އުފެއްދިއްޖެއެވެ.
މާލެއާއި ވިލިމާލޭއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތަފުސީލުތައް މާލެ ސިޓީ ކައުންސިލުން އާންމުކުރީ، މިދިޔަ ބުރާސްފަތި ދުވަހެވެ.
މާލޭގެ މޭޔަރަށް ކެމްޕެއިން ފައްޓަވާފައިވާ އަލީ އާޒިމް ކުރެއްވި ޕޯސްޓެއްގައި ވަނީ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކާ ތަންތަނުގެ ލިސްޓުތައް ކަމަށް ބުނެ، ނެރެފައިވާ ލިސްޓުގައި އާރްސީސީއަށް ކުއްޔަށް ދީފައިވާ "ހީނާމާގޭ" ބިން އުނިކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.