ރަނގަޅު ގޮތަކީ ޞާލިހާއި އަޅުގަނޑު ރިޔާސީ ރޭހަށް ނުނިކުތުން: ނަޝީދު

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 3:42

އެންމެ ރަނގަޅު ގޮތަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އަދި އެ މަނިކުފާނު ވެސް ވާދަ ނުކުރެއްވުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ނަޝީދާ އެކު މިހާރު ހުންނެވި ފައްޔާޒް އިސްމާއީލް ކުއްލި ގޮތަކަށް ރޭ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު ޞާލިޙާއި ނަޝީދުގެ ވާދަވެރިކަން އަނެއްކާ ވެސް މި ވަނީ ބޮޑުވާން ފަށައިފައެވެ.

އެގޮތުން، ނަޝީދު މިއަދު ގެންދަވަނީ އެމްޑީޕީގެ ކުރީގެ ގައުމީ މަޖިލިސް މެންބަރުންނާއި މިހާރުގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި ގިނަ ވާހަކަތަކެއް ދައްކަވަމުންނެވެ.

މައުޟޫޢުތަށް