މިދިޔަ ހަފުތާ މާލެއާއި ސިނަމާލެ ބުރިޖުގައި 45 އެކްސިޑެންޓު ހިނގައި، ތިން މީހަކަށް އަނިޔާވި
ސަން
24 ނޮވެމްބަރު 2025 | ހޯމަ | 5:30
މިދިޔަ ހަފުތާ މާލެއާއި ސިނަމާލެ ބުރިޖުގައި ޖުމުލަ 45 އެކްސިޑެންޓު ހިނގައި، ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ވަނީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް މާލެއާއި ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓުތަކުގެ ތަފުސީލުތައް ހިއްސާކޮށްފައެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައި ވަނީ މާލޭގައެވެ. އެއީ، 42 އެކްސިޑެންޓު ކަމަށްވާއިރު، ސިނަމާލެ ބުރިޖުގައި ހިނގީ ތިން އެކްސިޑެންޓެކެވެ.