ޖަޕާނުގެ ހިލޭ އެހީގައި ސްކޯލާޝިޕް ނިންމި ދަރިވަރުންނަށް ސެޝަނެއް ބާއްވައިފި

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 6:55

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ "ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް" ޖޭޑީއެސް ސްކޯލާޝިޕް ނިންމި ފަސް ދަރިވަރުންނަށް ރިޕޯޓިން ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި އެ ދަރިވަރުންގެ ދިރާސީ ހޯދުންތަކާއި ތަޖުރިބާތައް ހިއްސާކޮށްފައިވެއެވެ.

މި ރިޕޯޓިން ސެޝަންގައި ޖޭޑީއެސްގެ ހިންގާ ކޮމިޓީގެ މެމްބަރުން ކަމަށްވާ ޖަޕާންގެ ސަފީރު އިޝިގަމީ ރުމިކޯ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުالله ހަމީދާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުއްރަޙީމް ހަސަނާއި ރާއްޖޭގައި ހުންނަ ޖައިކާ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް ޓަކީ މޮޓޯ އާއި ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ޑރ. ދީބާ މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

މައުޟޫޢުތަށް