ފިހާރައަކުން ލޯޝަން ފުޅިތަކެއް ޖީންސް ތެރެއަށް ލީ މީހަކު ބުނީ ވައްކަންނުކުރާ ކަމަށް
ސަން
24 ނޮވެމްބަރު 2025 | ހޯމަ | 7:33
ލޯޝަން ފުޅިތަކެއް ޖީންސްތެރެއަށް ލައި ވައްކަންކުރަން މަސައްކަތްކުރި މީހަކު ވައްކަން ނުކުރާ ކަމަށް، ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މާލޭގެ ފިހާރައަކުން ލޯޝަން ފުޅިތަކެއް އަމިއްލަ މީހާގެ ޖީންސްތެރެއަށް ލައި ވައްކަންކުރަން މަސައްކަތްކުރި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން ވައްކަންކުރަން އުޅުނު ކަމުގެ ހެއްކާއި ފުލުހުންގެ ބަޔާން ހުށަހަޅާފައިވެއެވެ.