މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 7:25

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ވަޒީފާގައި އުޅޭ މުވައްޒަފަކު މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނު ކަމަށް ތުހުމަތުވާ މައްސަލައިގައި އެންމެ ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި އެއީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް އޭގެ ތެރެއިން ފެނިގެންނެވެ. އަދި އޭނާގެ ޔޫރިން، ޓީއެޗްސީއަށް ފައްސިވެފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް