އިންޓަނޭޝަނަލް ޖަސްޓިސް ކޮންފަރެންސްގައި އުއްތަމަފަނޑިޔާރު ބައިވެރިވެވަޑައިގެންފި

ސަން

24 ނޮވެމްބަރު 2025 | ހޯމަ | 8:46

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޖަސްޓިސްގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި އިއްޔެ އަދި މިއަދު ކުރިއަށްދިޔަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޖަސްޓިސްގައި އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދުގެ އަރިހުގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރަންސްގައި 50 ގައުމަކުން ބައިވެރިވެފައިވާއިރު، ޖުޑީޝަރީއާ ގުޅުންހުރި މުހިއްމު މައުޟޫތަކަށް ވާހަކަދެކެވުނެވެ.

މައުޟޫޢުތަށް