މުސާރަ މައްސަލަ: ޝަރުއީ ދާއިރާގެ 600އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު ޕެޓިޝަން ހުށަހަޅައިފި

ސަން

25 ނޮވެމްބަރު 2025 | އަންގާރަ | 12:21

ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށްދޭ މުސާރައިގެ އާ އޮނިގަނޑުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް، އެ ދާއިރާގެ 600އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު, ކަމާ ގުޅުންހުރި އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި 609އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު، ޝަރުއީ ދާއިރާގެ މުވައްޒަފުން ވަނީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޕެޓިޝަން ހުށަހަޅައިފައެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުން ބުނީ، މުސާރައިގެ އާ އޮނިގަނޑަށް މުވައްޒަފުން ގެންދިއުމުގައި ޝަރުތުތަކަށް ރިއާޔަތްކުރުމެއްނެތި ދަށް ރޭންކުތަކަށް މުވައްޒަފުން ބަދަލުކޮށް، ގިނަ އަހަރުތަކެއް ވަންދެން އެ ދާއިރާއަށް ޚިދުމަތްކުރި މުވައްޒަފުންނަށް ދެމުން ދިޔަ އިނާޔަތްތައް ކަނޑާލުމުން މުވައްޒަފުން ތިބީ މާޔޫސްވެފައި ކަމަށެވެ.

މައުޟޫޢުތަށް