އާ ޗެއާޕާސަން އިންތިޚާބުކުރެވެންދެން، އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް އައްޔަންކުރަނީ
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 10:18
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅާ މެންބަރަކާ ވަގުތީގޮތުން ހަވާލުކުރަން އިއްޔެ ނިންމައިފިއެވެ.
ރޭ ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެން، އެ ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތާއި ކޮންމެހެން ހަމަޖައްސަންޖެހޭ ކަންކަމާ މެދު އެ ޕާޓީގެ ލީޑާޝިޕުން އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން, އިއްޔެ މެންދުރު ފަހު ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ދެ ނިންމުމެއް ނިންމި ކަމަށް އެމްޑީޕީން ބުންޏެވެ.