އަންހެނަކާއި ކުޑަކުއްޖަކު އުޅޭ ގެއެއްގައި ފެންބޮޑުވުމުން، އެހީއަށް ފުލުހުން!
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 10:50
ހުޅުމާލޭގައި އަންހެނަކާއި ކުޑަކުއްޖަކު އުޅޭ ގެއެއްގައި ފެންބޮޑުވެ، ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ގަދަ ވިއްސާރައިގައި ރޭގެ ދަންވަރު ވަގުތު ހުޅުމާލޭގައި ފެންބޮޑުވި ކަމަށެވެ. އެ އަވަށުގައި އަންހެނަކާއި ކުޑަކުއްޖަކު އުޅޭ ގެއެއްގައި ފެންބޮޑުވެގެން ފުލުހުންނަށް ގުޅާފައި، އެހީއަށް އެދިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހި ޕޮލިސްގެ ބްރާވޯ ޝިފްޓުން އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، އެ ގެއިން ފެން ހިއްކައިދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.