ސިޒޭރިއަން ހެދުމުގެ ތެރެއިން އައްޑޫގައި ޒުވާން އަންހެނަކު މަރުވި މައްސަލަ ބަލަނީ

ސަން

25 ނޮވެމްބަރު 2025 | އަންގާރަ | 10:32

އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން ހެދި މާބަނޑު މީހަކު ހާލު ސީރިއަސްވެ މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށް މިއަދު ބުނެފިއެވެ.

އިއްޔެ ފަތިހުގެ ވަގުތެއްގައި މަރުވީ ތަމަންނާގެ، ސ.ހިތަދޫ، އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ދީދީއެވެ. އޭނާއަކީ އައްޑޫ ސިޓީ ކައުންސިލުގައި ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ ވަޒީފާ އަދާކުރި މީހެކެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި އޭނާ އައިއެމްޑީސީއަށް ދިޔައީ، ވިހަން ދީފައި އޮތް ތާރީޚު ޖެހިގެން، ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހަށިގަނޑުގައި ހުން ހުރެ، ހޮޑުލެވެމުން ދިޔުމާއި، ފިޓު ޖެހުމުގެ ސަބަބުން، ކްލިނިކުން ނިންމީ އިމަޖެންސީކޮށް ސީ ސެކްޝަނެއް ހަދާށެވެ.

މައުޟޫޢުތަށް