މުދާ އެތެރެކުރުމަށް ފަހު، ދޫކުރުމާ ހަމައަށް ހޭދަވާ ވަގުތު ދެނެގަންނަން ސާވޭއެއް
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 3:05
ރާއްޖެއަށް މުދާ އަންނަ ހިސާބުން ފެށިގެން މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް، އެކި މަރުހަލާތަކުގައި ހޭދަވާ ވަގުތުތައް ދެނެގަތުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ސާވޭއެއް ހަދަން ފަށައިފިއެވެ.
ކަސްޓަމުން ބުނީ "ޓައިމް-ރިލީސް ސްޓަޑީ"ގެ ނަމުގައި ހިންގާ މި ސާވޭއަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭގޮތަށް، އެ ޖަމިއްޔާގެ ކަމާބެހޭ މާހިރުންނާ ގުޅިގެން ހިންގާ ސާވޭއެއް ކަމަށެވެ.
މި ސާވޭއަށް ބޭނުންވާ މައުލޫމާތު ނެގުން، (ޑޭޓާ ކަލެކްޝަން) އިއްޔެއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކަސްޓަމުން ބުންޏެވެ. މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ހަރަަކާތްތެރިވާނެ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.