އައިއެމްސީޓީސީގެ ދެ ތަމްރީނު ޕްރޮގްރާމެއް ރާއްޖެއަށް ތައާރަފްކޮށްފި
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 12:36
އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) ގެ ދެ ތަމްރީން ޕްރޮގްރާމެއް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
އައިއެމްސީޓީސީއަކީ، ސަޢުދި ޢަރަބިއްޔާ އިސްވެ، 2015 ވަނަ އަހަރު އުފެއްދި ޖަމާޢަތެކެވެ. އިސްލާމީ ގައުމުތައް އެކުލެވޭ އައިއެމްސީޓީސީއިން ހިންގަނީ، އަސްކަރީ ތަމްރީނު ޕްރޮގްރާމްތަކާއި ސައިބާ ސެކިއުރިޓީ ޕްރޮގްރާމުތަކެކެވެ.
އިއްޔެ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖެއިން ވަނީ މި ޖަމާއަތުގެ ދެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސޮއިކޮށްފައެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގައި އެ ޖަމާޢަތުން ހިންގާނެ ދެ ޕްރޮގްރާމަކީ ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ ސައިބާ ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމާއި، އަސްކަރީ ޤަބިލިއްޔަތުކަން ވަރުގަދަކުރުމަށް ހިންގާ އަސްކަރީ ތަމްރީން ޕްރޮގްރާމެކެވެ.