މިއަދުގެ ރީތި ތާރީޚުގައި މާލޭގައި އެންމެ 18 ކައިވެނި
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 12:49
މިއަދުގެ ރީތި ތާރީޚު، 25-11-25 ގައި ކުރަން ތާވަލުކޮށްފައި އޮތީ އެންމެ 18 ކައިވެނި ކަމަށް، ފެމިލީ ކޯޓުން މިއަދު ހާމަކޮށްފިއެވެ.
ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނިކުރުމަކީ ދިވެހީންގެ މެދުގައި މަގުބޫލު ކަމެކެވެ. އެހެން ދުވަސްދުވަހު ކައިވެނި ނުކުރާ ވަރަށް ރީތި ތާރީޚުތަކުގައި ކުރާ ކައިވެނިތައް އިތުރެވެ.
ފެމިލީ ކޯޓުން ބުނީ މިއަދު އަށާރަ ކައިވެންޏެއް ކޮށްދޭއިރު، އޭގެ ތެރެއިން ހަތަރު ކައިވެންޏެއް ކޮށްދެނީ ރަސްމީ ގަޑީގައި ކަމަށެވެ. އަދި ސާދަ ކައިވެންޏެއް ކޮށްދެނީ ނުރަސްމީ ގަޑީގައި ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.