ޗެލެންޖަކީ މަދު މުވައްޒަފުންނާއެކު މެނުއަލް މަސައްކަތްތަކެއް ކުރަން ޖެހުން، ޑިޖިޓަލް ކުރެވުމުން ޚިދުމަތްތައް އަވަސްވާނެ: ހީނާ

ސަން

25 ނޮވެމްބަރު 2025 | އަންގާރަ | 12:57

އެންމެ ބޮޑު ޗެލެންޖަކީ މަދު މުވައްޒަފުންނާއި ވަސީލަތްތަކާއެކު މެނުއަލް މަސައްކަތްތަކެއް ކުރަންޖެހުން ކަމަށާއި، އެއްކޮށް ޑިޖިޓަލް ކުރެވުމުން ޚިދުމަތް ދިނުން އަވަސްވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ މިހާރު އެންމެ ބޮޑަށް އިސްކަންދެނީ އެންސްޕާ އަދި ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމު ކަމަށްވާ އާސަންދައިގެ ޚިދުމަތްތައް ވެސް ވީހާވެސް ބޮޑަކަށް ހަރުދަނާކޮށް، ޚިދުމަތް ދިނުން އަވަސްކުރުމަށް ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އެ ދެ މުއައްސަސާގެ ހާލަތު ހުރީ އެންމެ އެދެވޭ ގޮތުގައި ނޫންކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ އެންމެ ރަނގަޅަށް މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ މާހައުލު ވެސް ނެތް ކަމަށެވެ.

މައުޟޫޢުތަށް