4 މަސް ތެރޭ އާސަންދައިން އައިނު ހައްދަން 47 މިލިއަން ރުފިޔާ ޚަރަދުކޮށްފި
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 2:46
އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދުމަށް ދެ އަހަރުން އެއް އަހަރު ދޭ އެހީ 2000 ރުފިޔާއަށް އިތުރުކުރި ފަހުން، އެންމެ ހަަތަރު މަސް ތެރޭ، އައިނު ހެއްދުމަށް މުޅި ޖުމްލަ 47 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ޖޫން މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް، ޕްރައިވެޓު ތަންތަނުން 17،117 މީހަކަށް އައިނު ހައްދަން 33 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
ސަރުކާރު ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން 7382 މީހުން ވަނީ އައިނު ހައްދާފައެވެ. މި ކަމަށް 15 މިލިއަން ރުފިޔާ ޚަރަދުކުރިއެެވެ.