އާސަހަރާ މިސްކިތުގައި ފެން ހެދުނީ ދިޔަދޮވި ފުރުމުން، މައްސަލަ ހައްލުވެއްޖެ: އާޒިމް
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 1:23
ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްފަހު މީގެ އަހަރެއް ކުރިން އަލުން ހުޅުވި މަސްޖިދުއްތަޢާވުން، ނުވަތަ އާންމު ނަމުންނަމަ އާސަހަރާ މިސްކިތުގެ ތެރޭ ފެން ހެދުނު މައްސަލަ ހައްލުކޮށްފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އާސަހަރާ މިސްކިތުގެ ތިރީ ފަންގިފިލާއިން ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ 'ފޭސްބުކް'ގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މިސްކިތުގެ އެންމެ އެތެރެއަށް ފެން އަންނަނީ ފައިބަމުންނެވެ.
އެ ވަގުތަކީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެއްކަން، އިދިކޮޅު ޕީއެންއެފްގެ ނައިބު ރައީސް ޒެއިން އަބްދުالله ޔާމީން 'ފޭސްބުކް'ގައި ހިއްސާކުރެއްވި ވީޑިއޯއިން ހާމަވެއެވެ.