އަބްދުއްރަހީމްގެ ވޯޓާއެކު އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކޮށްފި
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 2:01
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވެސް ވޯޓާއެކު މިއަދު ފާސްކޮށްފިއެވެ.
ވޯޓުގެ ކުރިން އަބްދުއްރަހީމް ވަނީ މި ވޯޓުގައި އެމަނިކުފާނަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އަތޮޅު ކައުންސިލްތައް އުވާލަން ޝުޖާއު ހުށަހެޅުއްވި އިސްލާހު ފާސްވީ އަބްދުއްރަހީމްގެ ވޯޓު ހިމެނޭހެން 75 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މަޖިލިސް މެންބަރުން އެކަންޏެވެ.