ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ޝިމަންއާއި މަހްޒޫމަށް ދައުވާ ނުކުރަން ނިންމައިފި
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 2:17
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، ޒުވާނުންތަކެއް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
ޔުމްނުގެ މައްސަލައިގައި އިންސާފަށް ގޮވާލައި ޒުވާނުން ކުރި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މަހުޒޫމާއި ޝިމަން ތިން ދުވަހަށް ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، އޭގެފަހުން، ބަންދު މުއްދަތު ހަމަނުވަނީސް ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.
އެ މައްސަލައިގައި އެ ދެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ، ޖޫން މަހުގެ 25ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އެއީ، ނަސޭހަތުގެ އެއްބަސްވުން ހަދަން އެދުމުން އެކަމަށް ދެކޮޅު ހަދާފައިވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.