ޕޯސްޓް ޑިލީޓް ކުރެއްވުމަށް ފަހު ޝަހީމް: ޒާތީ މައުލޫމާތު ހާމަކުރެވުނު ނަމަ މައާފަށް އެދެން
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 4:45
މީހެއްގެ ޒާތީ މައުލޫމާތު އާންމުކުރެވިފައިވާނަމަ އެކަމަށް ޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް މިގޮތަށް ވިދާޅުވީ، ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެކަނިވެރި މަޔަކު ދެއްކި ވާހަކައިގެ ރައްދުގައި، ޝަހީމް އިއްޔެ ލިޔުއްވި ޕޯސްޓަކާ ގުޅިގެންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަމުން އަންހެނަކު ބުނީ އޭނާގެ އެންމެ ހަގު ދަރިފުޅަކީ ލޯފަން ކުއްޖެއް ކަމަށެވެ. އެހެންކަމުން، ރާއްޖެއިން ބޭރަށް ގޮސް 2023 ވަނަ އަހަރު އެ ކުއްޖާގެ ލޮލަށް ފަރުވާ ކުރުމަށްފަހު ރާއްޖެއަށް އައުމުން، ދެން ތިބި ކުދިންނަށް އިހުމާލުވީ ކަމަށް ބުނެ ސޯޝަލް މިނިސްޓްރީން އެކުދިން، އެކުދިންގެ ބައްޕައާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. އަދި ކުދިންގެ ބައްޕައަކީ ބޮޑު ކުށްވެރިއެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.