އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން އާޒިމާއަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

ސަން

25 ނޮވެމްބަރު 2025 | އަންގާރަ | 3:15

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ފެބްރުއަރީ 17، 2019 ގައި ދައުލަތުން ވަނީ އާޒިމާއާ ދެކޮޅަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

އެކަމަކު، ޕީޖީން މިއަދު ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައެވެ.

މައުޟޫޢުތަށް