ސިޔާސީ ދެބަސްވުމަކަށް އާއިލީ އަރާރުމެކޭ ބުނުމަކީ ނަޝީދާއި ޞާލިޙްގެ ތޫނުފިލިކަމަށް މަލާމާތެއް: ފަޒްނާ
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 5:49
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސީ ދެބަސްވުންތަކަކީ "އާއިލީ އަރައިރުމެއް"ގެ ގޮތުގައި ސިފަކުރުމަކީ އެ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ގިނަ އަހަރުތަކެއް ވަންދެން ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވުމަށް ފަހު، ޞާލިޙް، ވެރިކަމަށް ވަޑައިގަތް ފަހުން އެ މަނިކުފާނާއި ނަޝީދާ ދެމެދު ދެބަސްވުންތައް އުފެދި އެމްޑީޕީ ދެބައިވިއެވެ. އޭގެ ފަހުން ނަޝީދު އެ ޕާޓީން އިސްތިއުފާ ދެއްވިއިރު، ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމުގައި ޞާލިޙް ނާކާމިޔާބުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަނެއްކާވެސް އެމްޑީޕީ ތެރޭގައި ވާދަވެރިކަން އިތުރުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް ވަނީ އާދިއްތަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު ޞާލިޙާއި، މިދިޔަ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް ނަޝީދުގެ ވާދަވެރިކަން އަނެއްކާ ވެސް ވަނީ ބޮޑުވާން ފަށައިފައެވެ.