206 މަޝްރޫއަށް ބީއެމްއެލްއިން ފައިނޭންސްކުރާ ނަމަ، މާލީ ބޮޑު ގެއްލުމެއްގެ ފުރުސަތު ބޮޑު: އެމްޑީޕީ
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 8:35
ބީލަމަށް ނުލާ ސަރުކާރުން ހަވާލުކުރި 206 މަޝްރޫއަށް ގައުމީ ބޭންކު، ބީއެމްއެލްއިން ފައިނޭންސް ދޫކުރަނީ ގާނޫނާ ޚިލާފަށް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން 206 މަޝްރޫއެއް، 53 ކުންފުންޏަކާ ހަވާލުކުރީ މި މަހުގެ ހަވަނަ ދުވަހެވެ.
އެ މަޝްރޫއުތަކަށް ފައިނޭންސް ދޫކުރަނީ ބީއެމްއެލްއިން ކަމަށްވާއިރު، އެމްޑީޕީން ވަނީ އެ މަޝްރޫއުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބީއެމްއެލްގެ ޗެއާމަން އަހްމަދު އަލީ ހަބީބަށް ސިޓީއެއް ފޮނުވައިފައެވެ.