ބޭރަށް ހިންގުމާއި ޑެންގީ އިތުރުވެ، މިދިޔަ މަހު 4،400އަށް ވުރެ ގިނަ ކޭސް
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 8:08
މިދިޔަ އޮކްޓޫބަރު މަހު ބޭރަށް ހިންގުމާއި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުވެ، 4،400އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފިއެވެ.
ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑރ. އަހުމަދު ފައިސަލް އިއްޔެ ވަނީ، މާލޭގައި އިންފުލުއެންޒާއާއި ޑެންގީ ހުން ވަރަށް ގަދައަށް ފެތުރެމުން އަންނާތީ އެ ކަމަށް ސަމާލުވާން އިލްތިމާސް ކުރައްވާފައެވެ.
އޭގެފަހުން، މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ، މިދިޔަ މަހު ރޯގާގެ ގޮތުގައި ފެތުރުނު ބަލިތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.