ގާނޫނުއަސާސީއަށް ދެކޮޅު ނުޖެހޭ އިސްލާހު ގެންނަ ކަމަށް ވިދާޅުވެ، އިބުރާ ހަނދާންކޮށްދެއްވީ އުޝާމްގެ ޒިންމާ
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 7:20
މި ސަރުކާރުން ގާނޫނުއަސާސީއަށް ދެކޮޅު ނުޖެހޭ ދެ އިސްލާހެއް ގެނެސްފައިވާ ކަމަށާއި، އެފަދަ ކަންކަން ހިނގިޔަނުދިނުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއް ކަމަށް، ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ ފުރަތަމަ އިސްލާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20ގައެވެ. އެއީ މެންބަރުން ޕާޓީން ވަކިވުމުންނާއި، ވަކިކުރުމުން ވެސް ވަގުތުން ގޮނޑި ގެއްލޭ ގޮތަށެވެ.
އެ އިސްލާހާ އެކު މެންބަރުން 'ތަޅުއެޅުވުނީ' ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ.