ފައްޔާޒުގެ ތާއީދު އަލީ އާޒިމަށް: އަލީ މޭޔަރަކަށް ނުހޮވޭނަމަ، ރިޔާސީ އިންތިޚާބުގައި ގޮންޖެހުން ބޮޑުވާނެ
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 6:35
އިދިކޮޅު އެމްޑީޕީން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް, ޕާޓީގެ ޗެއާޕާސަން ކަމުން މި ހަފުތާގައި އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް ތާއީދު ކުރައްވައިފިއެވެ.
އަލީ އާޒިމްގެ އިތުރުން މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ދެވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފައެވެ. އާދަމް އާޒިމް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ވަރަށް ގާތްކޮށް ކަމަށްވާއިރު، ނަޝީދު ވަނީ އަލީ އާޒިމަށް ތާއިދުކުރައްވައިފައެވެ.
މިދިޔަ އާދިއްތަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވި ފައްޔާޒަށް، ނަޝީދުގެ އަރިސް ބޭފުޅުން ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ.