އުދައްޔު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުނުވި މީހާގެ މައްސަލަ ހައިކޯޓަށް
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 9:58
މީގެ ހަތަރު އަހަރު ކުރިން، ގއ. މާމެންދޫގައި ގްރޫޕަކުން ހަމަލާދީ އުމުރުން އެންމެ 17 އަހަރުގެ އަހުމަދު އުދައްޔު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވި މީހާގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ފެބްރުއަރީ އަށެއް، 2021ގައި ހިނގި އެ މާރާމާރީގައި އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރު ވެސް ޒަޚަމުކޮށްފައިވެއެވެ. އެގޮތުން އޭނާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.
ފިރުޝާނަށް ގއ. އަތޮޅު ހޮސްޕިޓަލާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނެވެ. އުދައްޔުއަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީއެވެ.