ދައުވާއަށް އިއުތިރާފުވި ރައުދަށް ހުކުމް ކުރުން މާދަމާ

ސަން

25 ނޮވެމްބަރު 2025 | އަންގާރަ | 8:54

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މިދިޔަ ހަފުތާގައި ރައުދު ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އިއުތިރާފު ވެފައެވެ.

ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

މައުޟޫޢުތަށް