ޖޭއެސްސީގެ ރައީސަކަށް ހުންނަންވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް: ކުރީގެ ޕީޖީ މުއިއްޒު
ސަން
25 ނޮވެމްބަރު 2025 | އަންގާރަ | 10:52
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސަކަށް ހުންނަންވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ކުރީގެ ޕީޖީ އެހެން ވިދާޅުވީ، މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ބޭއްވެވި ބައްދަލުވުމުގައި ޚިޔާލުފާޅު ކުރަން ހުޅުވާލި ފުރުސަތުގައެވެ.
އެ ބައްދަލުވުމުގައި ކުރީގެ ޕީޖީ މުއިއްޒު ވަނީ، ގާނޫނު އަސާސީއަށް އިސްލާހު ގެންނައިރު، ޖޭއެސްސީ އިސްލާހު ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވަފާއެވެ.