އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ތަޅާލައި، ޕާކަކާއި ޕާކިން ޒޯނެއް ހަދަނީ

ސަން

25 ނޮވެމްބަރު 2025 | އަންގާރަ | 11:05

އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް ތަޅާލައި، އެ ބިމުގައި ޕާކިން ޒޯނަކާއި ކޮމިއުނިޓީ ޕާކެއް އަޅަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފިއެވެ.

މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، އަރަބިއްޔާ ސުކޫލުގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށުމަށް ޕަބްލިކް ވޯކްސްއިން ތައްޔާރުވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، އެގާރަ ހާސް އަކަފޫޓުގެ އެ ބިމުގައި ޕާކު ހަދާނީ، ސުކޫލުތަކަށް އަންނަ ކުދިންނާއި ބެލެނިވެރިންނަށް މަޑުކޮށްލެވޭ ގޮތަށް ކަމަށެވެ. އެ ސަރަހައްދުގައި، ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން އަންނަ އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލް ހުރެއެވެ.

މައުޟޫޢުތަށް