ދިރާސީ އަހަރަށް ހުރިހާ ފުލެޓަކަށް ވަދެވި، އޭޕްރީލް މަހަށް ރަސްމާލެ ހިއްކާ ނިމޭނެ: ރައީސް
ސަން
26 ނޮވެމްބަރު 2025 | ބުދަ | 12:24
އަންނަ ދިރާސީ އަހަރު ސުކޫލުތައް ހުޅުވެން ވާއިރަށް، ފަހިދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރާ 4،000 ފުލެޓުތައް ހަވާލުކޮށް ނިމޭނެ ކަމަށާއި އަންނަ އޭޕްރީލް މަހާ ހިސާބަށް ރަސްމާލެ އެއްކޮށް ހިއްކާ ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކުރިން ގޯތިތައް ދީފައި ހުރީ ބިންތައް ނުހިއްކާ ކަމަށެވެ.
އެކަމަކު، ރަސްމާލެ ހިމެނޭހެން މާލެ ސަރަހައްދުން ގޯތި ދޭ ހުރިހާ ތަނެއްގެ ބިންތައް ހިއްކާ، ގޯތިތައް ހަވާލުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ތަންތަނުން ލިބުނު އެއްވެސް ގޯއްޗެއް އަތުނުލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.