ދެ ނިކަ ގަސް ނަގައި، ވިލިމާލޭގައި 300 ގަސް އިންދާނެ: ރައީސް

ސަން

25 ނޮވެމްބަރު 2025 | އަންގާރަ | 11:56

ފެހިކަން ގަދަ ވިލިމާލެއިން ދެ ނިކަ ގަސް ނެގުމަށް ފަހު، އެ އަވަށުގައި 300 ގަސް އިންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ބޮޑު ދެ ނިކަ ގަސް ހުރެއެވެ. އޭގެ ތެރެއިން އެއް ގަސް ހުންނަނީ ފުލުހުންގެ ސްޓޭޝަން ކައިރިއެވެ. އަނެއް ގަސް ހުންނަނީ އެ ރަށުގެ "ވޯޓާ ސްޕޯޓްސް ބީޗް" ސަރަހައްދުގައެވެ. އޭގެ ތެރެއިން އެ ވޯޓާ ސްޕޯޓްސް ބީޗާ ދިމާލުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން އެ ސަރަހައްދުގެ ގޭގެއަށް ދަތިވާކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.

ރައީސް ރޭ، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޝުއޫރު ފާޅުކުރި މީހަކު ވަނީ އެ ރަށުގައި ހުރި ނިކަގަހުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާތީ އެ ކަމަށް ރައީސްގެ ޖަވާބެއް ބޭނުންވާ ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް