ވިޔަފާރިތަކަށް ފައިސާ ދައްކަން ރައީސްގެ އާ ތާރީޚެއް: ''މި އަހަރު ނިމެންވާއިރަށް އެއްކޮށް ދެއްކޭނެ''
ސަން
26 ނޮވެމްބަރު 2025 | ބުދަ | 12:57
ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ނުދައްކާ ހުރިހާ ފައިސާ މި އަހަރު ނިމެން ވާއިރަށް ދައްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން ވެސް އަމިއްލަ ވިޔަފާރިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދީ އޮތްއިރު، މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސް ވިދާޅުވީ، ފަސް ހަފުތާ ތެރޭ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކައި ޚަލާސްކުރާނެ ކަމަށެވެ.
އެ މުއްދަތަށް ފައިސާ ދައްކާ ނިމޭނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.