ބައެއް ކަންކަން ނިންމަން މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ހަފުތާއަކަށް ދަންމާލަނީ
ސަން
26 ނޮވެމްބަރު 2025 | ބުދަ | 10:51
"މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް" ބުނެ، 20 ވަނަ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ވެސް ހަފުތާއަކަށް ދަންމާލަން ހުށަހަޅައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ މި މަހުގެ ނިޔަލަށް ކަމަށެވެ.
"އެހެންނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު، އަޅުގަނޑު ގަސްދުކުރަނީ ހަތަރެއް ޑިސެންބަރު 2025ގެ ނިޔަލަށް މި ދައުރު އިތުރުކުރުމާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމާމެދު ވޯޓަށް އެހުމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.