ނިލަންދުއަށް އިއްޔެ ނުހުއްޓި 12 ގަޑިއިރު ވާރޭ ވެހުނު، ބޮޑު ބައެއްގައި ފެންބޮޑުވެފައި
ސަން
26 ނޮވެމްބަރު 2025 | ބުދަ | 10:22
އިއްޔެ ފ. ނިލަންދުއަށް ކުރި ވިއްސާރައިގައި އެތައް ގަޑިއިރެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށުގެ ހުޅަނގު ދެކުނު ފަރާތާއި އިރު ދެކުނު ފަރާތުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ހައިތަމް ވިދާޅުވީ, އިއްޔެ މެންދުރު ފަހު 3:00 އިން ފެށިގެން އެ ރަށަށް މެދުކެނޑުމެއްނެތި 12 ގަޑިއިރު ވަންދެން ވިއްސާރަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ވާރޭ ވެހުން ހުއްޓުނީ ރޭ ދަންވަރު 03:00 އެހާކަށްހާއިރުގައި ކަމަށެވެ.
ހައިތަމް ވިދާޅުވީ، ބިން ތިރިވުމުގެ ސަބަބުން ރަށުގެ ހުޅަނގު ދެކުނާއި އިރު ދެކުނު ފަރާތަކީ އާންމުކޮށް ވެސް ވިއްސާރަކުރުމުން، އެހެން ސަރަހައްދުތަކަށްވުރެ ބޮޑަށް ފެންބޮޑުވާ ދެ ސަރަހައްދު ކަމަށެވެ. އެކަމަކު، ރަށުގެ އެހެން ހިސާބުތައް ވެސް ކޮންމެ ވެސް ވަރަަކަށް ފެންބޮޑުވި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.