ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ ކުށް އިތުރުވާންޖެހޭ ސަބަބެއް ނޫން: ހެލްތު މިނިސްޓަރު

ސަން

26 ނޮވެމްބަރު 2025 | ބުދަ | 10:51

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން ފަދަ ފިޔަވަޅުތަކަކީ ކުށް އިތުރުވާންޖެހޭ ސަބަބެއްނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ، ބައެއް ބަދަލުތަކުގެ ސަބަބުން ބައެއް ފުރަތަމަކޮޅު އެކި ގޮންޖެހުންތައް ހުންނާނެ ކަމަށެވެ.

"ނަމަވެސް އަޅުގަނޑު ނުދެކެން ފަހަރެއްގައި ވެސް ދުންފަތާ ގުޅިގެން އަޅުގަނޑުމެން މި އަޅަމުން ގެންދާ ފިޔަވަޅުތައް އެއީ ކޮންމެހެން މި ކްރައިމްސް އިތުރުވާންޖެހޭ ސަބަބެއް ގޮތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް