ބޭސް ނުލިބި ފުރާނައަށް ނުރައްކާވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ސަން
26 ނޮވެމްބަރު 2025 | ބުދަ | 11:15
އާންމުންނަށް ބޭސް ލިބުން ދަތިވެ، ބޮޑެތި ބަލިބައްޔާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައިގައި ވަނީ ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން އަންނަ ކަމަށާއި، މީގެ ކުރިން އާސަންދައިން ލިބެމުންދިޔަ ބޭސްތައް ދިނުން އާސަންދައިން ހުއްޓާލިފަހުން ފާމަސީތަކުން އަމިއްލައަށް ގަންނަން ލިބުނު ނަމަވެސް، މިހާރު ބޮޑު އަގުގައި ވެސް އެ ބޭސްތައް ގަންނަން ނުލިބޭ ކަމަށް ރައްޔިތުން ބުނަމުން އަންނަ ކަމަށެވެ.
އެގޮތުން، ބޭސް ނެގުމަށް އެތައް ފާމަސީއަށް ރައްޔިތުން ގޮސްގެން ވެސް، ބޭސް ހަމަނުވާކަމާއި، މުހިންމު އެތައް ބޭހެއް އެއްގޮތަކަށް ވެސް ނުލިބޭކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށް ކުޑޫގެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.