206 މަޝްރޫއަށް ފައިނޭންސްކުރަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން: ބީއެމްއެލް

ސަން

26 ނޮވެމްބަރު 2025 | ބުދަ | 11:54

ބީއެމްއެލުން ލޯނު ދޫކުރަމުން ދާނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުން ކަމަށް، އެ ބޭންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު 'އެކްސް'ގައި ލިޔުއްވިގޮތުގައި، 53 ކުންފުންޏަކާ ސަރުކާރުން ހަވާލުކުރި 206 މަޝްރޫއަށް ބީއެމްއެލުން ފައިނޭންސިން ދޫކުރަނީ ބޭންކިން ގާނޫނާ ޚިލާފަށްކަމަށް އިދިކޮޅު އެމްޑީޕީން ބުނި ވާހަކަތަކަކީ ސައްހަ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

"ބޭންކުން ލޯނު ދޫކުރަމުން ދަނީ އަދި ކުރިޔަށް އޮތް ތަނުގައި ލޯނު ދޫކުރަމުން ދާނީ ވެސް ދިވެހިރާއްޖޭގެ ބޭންކިން ގާނޫނާއި ގަވައިދުތަކާއި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް، މިނިވަންކަމާއެކު ބޭންކުގެ ބޯޑުން ނިންމާ ނިންމުންތަކުގެ ދަށުންނެވެ،" ސައީދުގެ ޕޯސްޓުގައިވެއެވެ.

މައުޟޫޢުތަށް