ޖަޕާން ސަފީރުކަމަށް، އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅުނު މަހުލޫފްގެ ނަން ފޮނުވައިފި
ސަން
26 ނޮވެމްބަރު 2025 | ބުދަ | 11:36
މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ޔޫތު މިނިސްޓަރުކަން ކުރެއްވުމަށް ފަހު، މި މަހު ޕީއެންސީއަށް ބަދަލުވެވަޑައިގެން އަހުމަދު މަހުލޫފަށް ޖަޕާން ސަފީރުކަން ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮނުވައިފިއެވެ.
ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މި މަހު 14 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.
އޭގެ ކުރިން 'ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރަން' ކަމަށް ވިދާޅުވެ، އޭނާ ވަނީ އެމްޑީޕީން ވަކިވެފައެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ.