މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ވެސް ދަންމާލައިފި

ސަން

26 ނޮވެމްބަރު 2025 | ބުދަ | 12:26

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ވެސް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، ދަންމާލައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރު ދަންމާލަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް ދައުރު ދަންމާލަން މިއަދު ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓުދެއްވީ ދައުރު ދަންމާލުމަށެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.

މައުޟޫޢުތަށް